ދިރާގުން 10،000 ރުފިޔާގެ އަގުހުރި އިނާމަކާއެކު ހާއްސަ ޓިކްޓޮކް ޗެލެންޖެއް ހުޅުވާލައިފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންކުރި މި ޗެލެންޖުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން "ދިރާގު ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ލަވަ "ނޫރާޅާ ޖައްސާލާ" އަށް ކޮންޓެންޓް ތައްޔާރުކޮށް، ދިރާގުގެ ޓިކްޓޮކް އެކައުންޓް @dhiraagufans ފޮލޯ އަދި ޓެގް ކުރުމަށްފަހު #DhiraaguWin2Speedboats ބޭނުންކޮށްގެން ބައިވެރިވެވޭނެއެވެ.
މިއީ ހުނަރުވެރި ކޮންޓެންޓް ކްރިއޭޓަރުންނަށް އަދި ކޮންޓެންޓް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފަރާތްތަކުގެ ހުނަރުތައް ދައްކާލާ، އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާ ޗެލެންޖެކެވެ. އޮކްޓޯބަރ 20 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައިވާ މި މުބާރާތް ކާމިޔާބުކުރާ ފަރާތް ހާމަކުރުމަށް ހަމަޖެހިފައިވަނީ ދިރާގުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.
ދިރާގުން ދަނީ އުފެއްދުންތެރިކަން ކުރިއެރުވުމަށާއި ހުނަރު ތަރައްގީކުރުމަށް މި ފަދަ ހާއްސަ ހަރަކާތްތައް އަގުހުރި އިނާމުތަކާއެކު ކުރިއަށްގެންދަމުންނެވެ.