ޚަބަރު ރާއްޖެ

ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ހިދުމަތް އައިޖީއެމްއެޗްގައި ފަށައިފި

ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ހިދުމަތް އައިޖީއެމްއެޗްގައި ފަށައިފިއެވެ.

 

މިކަން ހާމަކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިިބްރާހީމް އަބްދުއްރައްޒާޤް ހަލީމްއެވެ.

 

ހަލީމުގެ ޕޯސްޓުގައި ވަނީ އައިޖީއެމް ހޮސްޕިޓަލުގައި "ރެޓިނާ ލޭޒަރ ޓްރީޓްމަންޓް"ގެ ހިދުމަތް ފެށިގެން ދިއުމަކީ ދުވަސް ނުފުރާ ވިހާ ކުދިންނަށް ފަރުވާ ލަސްނުވެ ދިނުމަށް ލިބުނު ފަހި ފުރުސަތެއްކަމަށެވެ.

 

"މިއަދުން ފެށިގެން އައިޖީއެމް ހޮސްޕިޓަލުގައި ދުވަސް ނުފުރާ ވިހާ ކުދިންނަށް ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތްދޭން ވަނީ ފަށާފަ."

 

ރެޓިނާ ލޭޒަރ ޓްރީޓަމަންޓަކީ ދުވަސްނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ހާއްސަ ފަރުވާއެކެވެ.



އަލަށް އުފަންވާ ކުދިންގެ ސިއްޙަތާ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

 

އެގޮތުން ކުރިން ރާއްޖޭގައި އާންމުކޮށް ނުދެވޭ ފަރުވާތައް އެކި ސަރަހައްދުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ގާއިމްކުއުމާއި، އައު ހިދުމަތްތަކަށް ސިއްހީ އާލާތްތައް ހޮސްޕިޓަލުތަކަށް ގެނެސް ހިދުމަތް ފުޅާކުރުން ހިމެނެއެވެ.



ސިއްހީ ނިޒާމު ޑިޖިޓަލައިޒްކުރުމަށް ޑަބްލިއުއެޗްއޯ އާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ސަރުކާރުގެ ޑިޖިޓަލައިޒޭޝަންގެ މާސްޓަރ ޕްލޭންގެ ދަށުން އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

 


  • މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް
  • އައިޖީއެމްއެޗް
  • ކޮމެންޓް