ޚަބަރު ރާއްޖެ

މިއަދުވެސް ކަނޑުދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބަލަން ހަނދާންކުރާތި

މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން އެދިލައްވައިފިއެވެ.

 

އެ އިދާރާ އިން ވަނީ ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކިކަންކޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށާއި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ހާމަކުރައްވާފައެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ވެސް ވަނީ ލަފާކުރައްވާފައެވެ.

 

މޫސުން ގޯސްވެ ވައިގަދަވީ ނަމަވެސް، އެހާ ބޮޑަށް ވާރޭ ވެހޭނެކަމަށް ލަފައެއް ނުކުރެވޭ."

 

މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވަނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް ވެސް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވިދާޅުވެފައެވެ.

 

ހާއްސަގޮތެއްގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކުރައްވައެވެ.

 


  • މެޓް އޮފީސް
  • މޫސުން
  • ކޮމެންޓް