ޚަބަރު ރާއްޖެ

ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ ލިޓްލް މެއިޑު ކޭމްޕުގެ ބައިވެރިންނަށް ފަޔަރ އެވެއަރނަސް ކުލާހެއް

ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ ލިޓްލް މެއިޑު ކޭމްޕުގެ ބައިވެރިންނަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ފަޔަރ ޑިޕާޓްމަންޓުން، ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށްގެންގޮސްފިއެވެ.

 

އޮކްޓޫބަރު 17 ވަނަ ދުވަހު އެ ސްކޫލުގައި ކުރިއަށްގެންދިޔަ މި ކުލާހުގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަައް ވަނީ ކިޔައިދީފައެވެ. އަދި އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތުގެ މުހިންމު މައުލޫމާތުތައް ކިޔައިދީފައިވެއެވެ.

 

މީގެއިތުރުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތުގެ މައުލޫމާތާއި ފަޔަރ ބްލޭންކެޓް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.

 

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ފަޔަރ ޑިޕާޓްމަންޓުގެ ފަޔަރފައިޓަރުން ކިޔަވައިދިން މި ކުލާހުގައި، އެ ސްކޫލުގެ 102 ލިޓްލް މެއިޑުން ބައިވެރިވިއެވެ.


  • އެމްއެންޑީއެފް
  • ކޮމެންޓް