ޚަބަރު ރާއްޖެ

ދަނޑުވެރިކަން ކުރުމުގައި އިންސާނުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ އަސާސީ މުހިންމުކަމެއް: މިނިސްޓަރ

ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ތިމާވެއްޓަށާއި އިންސާނުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ އަސާސީ މުހިންމުކަމެއްކަމުގައި އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

 

އެކަމަނާ މިފަދައިން ވިދާޅުވީ ގައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި 'ފެހި ދިރުން އެކްސްޕޯ' ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

 

މިނިސްޓަރު ވަނީ އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ޔަގީންކުރުމަކީ ކާނާގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ މައިގަނޑު ބިންގަލެއް ކަމަށާއި މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް ސެޓިފިކޭޝަން ނިޒާމަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ރައްކާތެރިކަމާއި ފެންވަރާއި ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުން ކަށަވަރުކޮށްދޭ ގައުމީ މިންގަނޑެއްކަމަށެވެ.

 

މީގެއިތުރުން މި ނިޒާމުގެ ސަބަބުން ދިވެހި ދަނޑުވެރިކަމުގެ ސިނާއަތަށް އިތުބާރު އިތުރުވެ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެގެންދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

 


  • ޑރ. މަރްޔަމް މާރިޔާ
  • އެގްރިކަލްޗަރ މިނިސްޓްރީ
  • ކޮމެންޓް