ޚަބަރު

އައްޑު ސިޓީ މީދޫ ޗަސްބިމުގައި ރޯވި އަލިފާން 11 ގަޑިއިރަށްފަހު ނިއްވާލައިފި

އައްޑު ސިޓީ މީދޫ ޗަސްބިމުގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

 

އެމްއެންޑީއެފް އިން ވިދާޅުވީ އެ އިދާރާގެ ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން މި އަލިފާން ނިއްވާލާފައިވަނީ މާރޗު 19 ވަނަ ދުވަހުގެރޭ 10:15 ގައި ކަމަށެވެ.

 

'އެކްސް' ކުރައްވާފައިވާ ޕޯސްޓެއްގައި އިތުރަށް ވިދާޅުވީ އަލިފާން ނިއްވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް، ކައުންސިލް އިދާރާ އަދި އާންމު ރައްޔިތުންގެ އެހީތެރިކަން ލިބިފައިވާކަމަށެވެ.

 

އެސަަރަހައްދުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 11:45 ހާއިރުއެވެ. އަދި އަލިފާން ނިއްވާލެވިފައި މިވަނީ ގާތްގަޑަކަށް 11 ގަޑިއިރަށްފަހުއެވެ.

 

އެސަރަހައްދަކީ މީގެކުރިން ވެސް އަލިފާނުގެ ހާދިސާތައް ހިނގާފައިވާ ތަނަކަށްވާއިރު، މިހާދިސާ ހިނގި ސަބަބު އަދިހާމަވާގޮތް ވަނީ ނުވެފައެވެ.

 


  • އަލިފާނުގެ ހާދިސާ
  • އެމްއެންޑީއެފް
  • އައްޑޫ ސިޓީ
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް