ޚަބަރު

މޯލްޑިވިއަންގެ ޕައިލެޓުންނަށް އިންފްލައިޓް ފަޔަރ އެވެއަރނަސް ސެޝަނެއް

މޯލްޑިވިއަންގެ ޕައިލެޓުންނަށް އިންފްލައިޓް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

 

މިއީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ޓްރެއިނިންގ ސްކޫލުގައި ކުރިއަށްގެންދިޔަ މި ސެޝަނުގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި އަލިފާން ފެތުރޭ ގޮތްތައް ވަނީ ކިޔައިދީފައެވެ. އަދި އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތު ވެސް ދީފައި ވެއެވެ.

 

މީގެއިތުރުން ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ އަލިފާން ނިއްވުމުގެ ހުނަރުތައް ވެސް އުނގަންނައިދީފައިވެއެވެ. މި ސެޝަނުގައި މޯލްޑިވިއަންގެ ހަތަރު ޕައިލެޓުން ބައިވެރިވިއެވެ.

 

މި ސެޝަނުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނެވެ.

 


  • އަލިފާން
  • ކޮމެންޓް