ޚަބަރު

ުކުރާ ހެޔޮ ޢަމަލުތައް ގަބޫލުކުރައްވާތޯ މާތްﷲގެ ހަޟްރަތުގައި ގިނައިން ދުޢާދަންނަވާ: ހުތުބާ

ކުރާ ހެޔޮ ޢަމަލުތައް ގަބޫލުކުރައްވާތޯ މާތްﷲގެ ހަޟްރަތުގައި ގިނައިން ދުއާ ދެންނެވުމަށް ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

 

"ލައިލަތުލްޤަދްރި" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ވަނީ ނުބައިކަމެއް ކުރެއްވިއްޖެނަމަ އެއާއި ވިދިގެން ހެޔޮކަމެއް ކުރުމަށް ގޮވާލާފައެވެ. އަދި އެ ހެޔޮކަމަކީ ކުރެވުނު ނުބައިކަން ފިލުވައިލަނިވި ކަމެއްކަން ހަނދާންކޮށްދެއްވާފައެވެ.

 

" ފުރިހަމަ އީމާންކަމާއެކު ސަވާބަށް އެދޭ ޙާލު ލައިލަތުލް ޤަދުރި ވިލޭރޭ އަޅުކަމުގައި ދެމިހުރެއްޖެމީހާ ދަންނާށެވެ. ފަހެހަމަކަށަވަރުން އޭނާގެ އިސްވެ ދިޔަ ފާފަތައް ފުއްސެވޭހުއްޓެވެ."

 

މީގެއިތުރުން ލައިލަތުލްޤަދްރި ވިލޭރޭގެ މަތިވެރި ދަރުމަޔާއި ސަވާބު ލިބިގަތުމަށްޓަކައި ފަހުދިހައިގެ ރޭތައް އިހްޔާކުރުމަކީ މުހިންމުކަމެއްކަމަށާއި އެމަތިވެރި ރޭގެ ދަރުމަ ލިބިގަތުމަށްޓަކައި ފަހުދިހައިގައި އިއުތިކާފަށް އިނުމުގެ މާތްކަން ވެސް ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

 

އިއުތިކާފަށް އިންނަ މީހާ ބޭކާރު ކަންތައްތަކާ ވާހަކަތަކުން ދުރުހެލިވެ، މާތްﷲ އަށް އަޅުކަންކުރުމާއި ކީރިތި ޤުރުއާން ކިޔެވުމާއި ޒިކުރުކުރުމުގައި ވަގުތު ހޭދަކުރަންވާނެކަން ހަނދާންކޮށްދީ، ހުތުބާގައި ބުނީ މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި މިސްކިތުގެ ސާފުތާހިރުކަމަށާއި މިސްކިތުގެ ހުރުމަތަށް އިސްކަންދޭންވާނެ ކަމަށެވެ. އަދި މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ މާތް ތަންކަން އަބަދު ވެސް ހަނދާންކުރަންވާނެކަމަށެވެ.

 

ހަމަމިއާއެކު ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން ފާހަގަކޮށް ހުތުބާގައި ބުނީ އެރެއަކީ މާތްﷲ އެ ރެއްގައި މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލުކުރެވިދާނެ ރޭކަމަށެވެ. އަދި ކުރީގެ އުންމަތްތަކުގެ މީހުންނަށް ދިގު އުމުރު ދެއްވިކަމަށާއި މި އުންމަތުގެ މީހުންގެ އުމުރުކުރުކަމުގައިވީނަމަވެސް މި ކުރު އުމުރުގައި ކުރާ ހެޔޮ ޢަމަލުގެ ދަރުމަ އިތުރުކޮށްދެއްވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

 

އޭގެތެރޭގައި ރަމަޟާން މަހުގެ ލައިލަތުލްޤަދްރީގައި ކުރާ ހެޔޮކަމުގައި އެއްހާސް މައްސަރަށް ވުރެ ހެޔޮކަން އިތުރުކުރައްވައިފައިވުން ހިމެނޭކަން ހުތުބާގައި ވަނީ ހަނދުމަކޮށްދީފައެވެ.

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް