ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް ޑިޖިޓަލް ލައިބްރަރީއަށް ހަދިޔާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގައި ގާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާއަށާއި ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީ އަށް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލުމުގެ މަގުސަދަކީ ސަލްމާން މިސްކިތުގައި ގާއިމްކޮށްފައިވާ އިސްލާމިކް ލައިބްރަރީ އާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީ މުއްސަނދިކުރުން ކަމަށެވެ.
މިއީ އިސްލާމީ ތައުލީމީ ވަސީލަތްތައް އިތުރުކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޒަރީއާއިން ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައި ވެސް އެފަރާތުން ހާމަކުރައްވައެވެ.
ޒަކާތު ހައުސް އިން އިތުރަށް ވިދާޅުވީ ފޮތްތައް ހަދިޔާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފޮތްތަކާ ގުޅޭ މައުލޫމާތު [email protected] އަށް އީ-މެއިލްކުރުމުން ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުން 3021414 ނަންބަރަށް ގުޅުއްވުމަށް ނުވަތަ 7328990 ނަންބަރަށް ވަޓްސްއެޕުން މެސެޖުކުރައްވުމަށް އެ އިދާރާއިން އެދިލައްވައެވެ.