ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވައިފިއެވެ.
އެމަނިކުފާނު ވަނީ އެ ވަގުތު ލޭއަޅަން ސެންޓަރުގައި ތިއްބެވި ޕޭޝަންޓުންނާއި ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ބައްލަވާފައެވެ. އަދި އެކަންކަމަށް އެންމެ އެދެވޭ އަވަސް ހައްލު ހޯދައިދެއްވުމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުއްވައި ސަރުކާރުން އެކަންކަން ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެއިތުރުން ތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ހާލަތު ވެސް ވަނީ ބައްލަވައިލައްވައިލައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނަށް މިހާރުން މިހާރަށް އެޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަސްކޮށް އެޅުއްވުމަށް އިރުޝާދުދެއްވާފައެވެ.