ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
އެ މަގާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ އޮކްޓޯބަރ 22 ވަނަ ދުވަހުއެވެ. އަދި މުއްދަތު ހަމަވާނީ ނޮވެމްބަރ 5 ވާ ބުދަ ދުވަހުގެ މެންދުރު 12 ޖަހަންދެންނެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12 ޖަހަންދެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
އެ ބިއުނަލް އަށް ދާދިފަހުން ވެސް ވަނީ ދެ މެމްބަރުން އައްޔަން ކުރައްވާފައެވެ. އެއީ ބ. ތުޅާދޫ، ގުލްބަހާރުގެ އަލްއުސްތާޛު އިބްރާހީމް ޢަފީފު އާއި ޓްރައިބިއުނަލްގައި ޤާނޫނީ ދާއިރާ ތަމްޞީލް ކުރައްވާ މެންބަރުކަމަށް ދ. މީދޫ، އަކިރިވިލާ އަލްއުސްތާޛާ ޝަވްފާ އިބްރާހީމްއެވެ.