ޚަބަރު ރާއްޖެ

ބޯހިޔާވަހިކަމުގެ އެންމެގިނަ މަޝްރޫއު ހިންގާ އެއްރަށަކަށް ލ. ގަން ވާނެ: ރައީސް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ ހައުސިންގ މަޝްރޫއުތައް ހިންގާނެ އެއް ރަށަށް ލ. ގަން ވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ގަމު ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ވަނީ މިއަހަރުގެ ތެރޭގައި ލ. ގަމުގައި ޖުމްލަ 300 ހައުސިންގ ޔުނިޓު ގާއިމުކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

 

މީގެއިތުރުން އެހެން ރަށްރަށުން ގަމަށް ބަދަލުވި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުދީ ޚަލާޞްކޮށްދެއްވާނޭކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ. އެ ފައިސާ ދިނުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅެއްކަމުގައި އިޝާރާތްކުރައްވާ ވިދާޅުވީ އެކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖައްސަވާފައިކަމަށެވެ.

 

"ދާދި އަވަހަށް، ކަމާބެހޭ ވުޒާރާތަކުން ޓީމުތައް އައިސް، ބޭނުންވާ މައުލޫމާތުތައް ހޯއްދެވުމަށްފަހު، ކޮންމެ މީހަކަށް 50،000 ރުފިޔާގެ ރޭޓުން، ޖުމުލަ 8.45 މިލިޔަން ރުފިޔާ ހައްގުވެރީންގެ އެކައުންޓަށް ޖަމާކުރައްވާނެ."

 

ރައީސްގެ މި ދަތުރުފުޅުގައި ހިމަނައިގެން ލ. ގަމުގައި 100 ހައުސިންގ ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއާއި، މިހާރު ހިނގަމުންދާ 100 ހައުސިންގ ޔުނިޓުގެ މަޝްރޫއާއި، 100 ހައުސިންގ ޔުނިޓުގެ އިތުރު މަޝްރޫއެއް ހިމެނޭގޮތަށް 300 ހައުސިންގ ޔުނިޓު ގާއިމުކުރެއްވުމުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 

 


  • ހައްދުންމަތި
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް