ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ބައެއް ސަރަހައްދަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށެވެ. އަދި ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކުރައްވާފައި ވެއެވެ.
ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ނެރެފައިވާ ރީނދޫ ސަމާލުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނދުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކުރައްވާފައެވެ.
މެޓް އޮފީހުން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ.
މި ވިއްސާރައިގާ ރާއްޖޭގެ ކަނޑުތައް ގަދަވާނެތީ، މޫސުމާއިބެހޭ އަދާހަމަ ހޯދައިގެން ކަނޑުދަތުރަށް ފެށުމަށާއި ކޮންމެހެން ކުރަންޖެހިއްޖެ ދަތުރެއްނަމަވެސް ކަމާގުޅުންހުރި އިދާރާތަކަށް އެންގުމަށްފަހު ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.