މިއަހަރުގެ މިހާތަނަށް ސީނުކަރައިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 70،000 ފަހަނައަޅައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި މިއީ ފައިބެއަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 10.7 އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބަށް ބަލާއިރު، ރާއްޖެއަށް މިހާރުއެންމެގިނައިން އަންނަނީ ވެސް އެގައުމުގެ ފަތުރުވެރިންނެވެ. އެގޮތުން ނިމިދިޔަ މާރޗު މަހުގެ 26 ވަނަ ދުވަހާއި ހަމައަށް 70،797 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 11 އިންސައްތައެވެ.
2023 ވަނަ އަހަރު ނިމުނުއިރު، ޗައިނާ އަކީ ރާއްޖެއަށް 3 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަގައުމުނަމަވެސް ފައިބެއަހަރު ނިމުނުއިރު، އެކަން ބަދަލުވެ، އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އަންނަގައުމުގެ ގޮތުގައި ލިސްޓުގެ އެއްވަނަ ވަނީ ހޯދާފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 593،956 ފަތުރުވެރިން އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ 570،898 ފަތުރުވެރިންނާ އަޅާ ބަލާއިރު 4 އިންސައްތައިގެ އިތުރުވުމެކެވެ.
ފައިބެއަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.