މާލެ ދަތުރުކުރަމުންދިޔަ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ލ. މާވަށުގައި ދުއްވާ ހޮޅުދޫ ބޯޓުގައި ކަމަށެެވެ. އަދި އަލިފާން ރޯވިއިރު، އެ ބޯޓުގައި ތިބީ 11 ދިވެހިންނާއި 7 ބިދޭސީން ތިބިކަމަށެވެ.
އެ އިދާރާ އިން އިތުރަށް ވިދާޅުވީ ބޯޓުން ދަތުރު ކުރަމުން ދިޔައީ ކެޕްޓަނާއި އެކު 18 މީހުންކަމަށެވެ. އަދި 17 މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.
އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހައިތަނަށް ނުފެންނަނީ ލ. މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ހާމަކުރައްވާފައެވެ.