ޚަބަރު ރާއްޖެ

މުޝްފިގް ހޯދުމަށް ބޮޑު ސަރަހައްދެއް – އަދިވެސް ނުފެނޭ

ހޮޅުދޫ ބޯޓުގެ އަލިފާނުގެ ހާދިސާގައި ގެއްލުނު އަލީ މުޝްފިގް މުޙައްމަދު ޝަރީފް - ފޮޓޯ: ވީ ނިއުސް

ހޮޅުދޫ ބޯޓުގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުނު އަލީ މުޝްފިގް މުޙައްމަދު ޝަރީފް ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

 

އެ އިދާރާ އިން ވިދާޅުވީ ސަރފޭސް ސަރޗްގެ ގޮތުގައި 53.04 ސްކުއެއަރ ނޯޓިކަލް މޭލް ބަލާފައިވާ ކަމަށެވެ. އަދި އަންޑަރވޯޓަރ (ޑައިވިންގ) ސަރޗްގެ ގޮތުގައި 64240 އަކަމީޓަރާއި ވައިގެ މަގުން 1545 ސްކުއެއަރ މޭލް (4000 އަކަކިލޯމީޓަރު) ބަލާފައިވާ ކަމަށެވެ.

 

އެހެންނަމަވެސް އޭނާ ފެނިފައި ނުވާ ކަމަށާއި ޢަލީ މުޝްފިޤް ޝަރީފް ހޯދުމުގެ މަސައްކަތުގައި ކަނޑާއި ވައިގެމަގުން އަދި ޑައިވަރުން ވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށް އެ އިދާރާ އިން ވިދާޅުވެއެވެ.

 

އެމްއެންޑީއެފް އިން ވިދާޅުވީ "ހޮޅުދޫ ބޯޓް" ރޭ ދަންވަރު 2:07 ހާއިރު އެ ސަރަހައްދަށް އަޑިއަށް ގޮސްފައިވާ ކަަމަށެވެ. އެ ބޯޓުގައި އަލިފާން ރޯވީ ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށްނެވެ.

 

18 މީހުންނާ އެކު ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެރޭ 9:07 ގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ލިބުމުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސްފައިވާ ކަަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

އެ އިދާރާ އިން ވަނީ ކޯސްޓްގާޑް ޝިޕް ޣާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެއަރ ކޯރގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން ޢަލީ މުޝްފިޤް ޝަރީފް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

 

އެބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. ހާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި އިތުރަށް ސަމާލުކަމެއް ދިނުމަށް ވަނީ އެދިލައްވާފައެވެ.

 


  • އަލިފާން
  • އަލިފާނުގެ ހާދިސާ
  • އެމްއެންޑީއެފް
  • ކޮމެންޓް