ޚަބަރު ރާއްޖެ

ހިމަންދޫ ފަޅުތެރޭގައި އޮތް ލޯންޗެއް އަނދައި، އަޑިއަށް ހިނގައްޖެ

އެމްވީ ކްރައިސިސްގެ ވީޑިއޯއިން ނަގާފއިވާ ސްކްރީން ޝޮޓެއް

އއ. ހިމަންދޫ ފަޅުތެރޭގައި އޮތް ލޯންޗެއް އަނދައި، އަޑިއަށް ހިނގައްޖެއެވެ.

 

އެރަށު ބަނދަރުގައި އަޅާފއި އޮތް "ކައެލް ވިންގް" ނަމަކަށް ކިޔާ މި ލޯންޗުގައި އަލިފާން ރޯވީ ރޭ ދަންވަރު ގާތްގަޑަކަށް 5:50 ގައެވެ. އަދި އަލިފާން ނިއްވާލާފައިވަނީ ހެނދުނު 6:26 ހާއިރުއެވެ.

 

އެރަށު ކައުންސިލުން 'ޕީއެސްއެމން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ 40 މީހުންގެ ޖާގައިގެ މި ލޯންޗުގައި އަލިފާން ރޯވި ވަގުތު ވަރަށްބާރު އަޑެއް އިވުނު ކަމަށެވެ.

 

މި ހާދިސާއާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ހާދިސާ ރިޕޯޓް 5:50 ގައި ލިބުމާއެކު ހަރަކާތްތެރިވާން ފެށިކަމަށާއި ލޯންޗުގައި ރޯވި އަލިފާން ނިވާލީ އާންމުންނާއި ފުލުހުން އަދި ރަށު ކައުންސިލް ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

 

މި ހާދިސާ ހިނގި ވަގުތު ލޯންޗުގައި ކެޕްޓަނާއި ދެ ކްރޫގެ އަދި ކުޑަކުއްޖަކު ހުރި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް މިއިން އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވާކަމަށް ވިދާޅުވިއެވެ.

 

ހިމަންދޫ ކައުންސިލުން ވިދާޅުވީ ލޯންޗު އެއްކޮށް އަނދާ ފަޅުތެރެއަށް މިހާރު އަޑިއަށް ގޮސްފައިވާ ކަމަށެވެ.

 

މިއީ އެ އަތޮޅު ފެރިދޫ، މާޅޮސް އަދި ހިމަންދޫ އާއި މާލެ އާ ދެމެދު ދަތުރުކުރާ ފެރީ ލޯންޗެކެވެ. މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

 


  • އަލިފާން
  • އަލިފާނުގެ ހާދިސާ
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް
    އަތޮޅޭ
    މިހާރަކަސް އައިސް މިކަހަލަ ހާދިސާތައް ގިނައިން އެބަ ހިުނގާ.. ބިރުވެރި ކަމެއް. އަމިއްލަ ގޭގައި ނިދާފަ ތިއްބާވެސް މިކަހަލަ ކަމެއް ހިނގާފާނެ. މަގުަމތިވެފަ ތިބޭ މީހުން ކުޑަލާރިކޮޅެއްގެ ބޭނުމުގަ މިކަހަލަ ކަންކަން ކުރަން ޖެހިލުމެއް ނުވާނެ. ހެޔޮނުވާނެ. ތިހާ ހެޔޮފުޅުވިޔަސް ރައްޔިތުން މި ބިރުވެރިކަމުން ސަލާމަތްކޮށްދީ. ވޯޓު ދިނީ ތިޔަފަދަ ދީލަތިކަމަކަށް ނޫން. ރައްޔިތުންނަށް އަމާންކަމެއް ލިބޭތޯ
    ކޮބާ
    އަސްލުވެސް