ޚަބަރު ރާއްޖެ

މުޝްފިގް އަދިވެސް ނުފެނޭ - ހޯދުމުގެ މަސައްކަތް ކުރިއަށް

އަލިފާނުގެ ހާދިސާ އާ ގުޅިގެން އަޑިއަށް ދިޔަ ހޮޅުދޫ ބޯޓުން ގެއްލުނު އަލީ މުޝްފިގް މުޙައްމަދު ޝަރީފް ހޯދުމަށް މިހައިތަނަށް ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

 

މިކަމުގެ އަދާހަމަ ދެއްވަމުން އެމްއެންޑީއެފް އިން ވިދާޅުވީ ސަރފޭސް ސަރޗްގެ ގޮތުގައި 92.42 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ކަނޑު އަޑި، ޑައިވިންގކޮށްގެން 65،100 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާކަމަށެވެ.

 

އެހެންނަމަވެސް އޭނާ ފެނިފައިނުވާ ކަމަށް އެ އިދާރާ އިން ވިދާޅުވެއެވެ.

 

ކޮޅުމަޑުލު ހިރިލަންދޫން ފުރައިގެން މާލެ އަށް ދަތުރުކުރަމުން ދިޔަ މި ބޯޓުގައި އަލިފާން ރޯވުމާއި ގުޅިގެން ސަލާމަތްވުމަށް މުޝްފިޤް، ކަނޑަށް ފުންމާލިކަަމަށް ބައެއް މަސްދަރުތަކުން ހާމަކުރެއެވެ. މި ބޯޓުން ދަތުރު ކުރީ ކެޕްޓަނާއެކު 18 މީހުންނެވެ.

 

އޭގެތެރެއިން އެކަކު ފިޔަވައި އެންމެން ސަލާމަތްކޮށްފައިވާއިރު، މިހާތަނަށް ފެނިފައިނުވަނީ ލ. މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިގް މުޙައްމަދު ޝަރީފެވެ.

 


  • އަލިފާން
  • އަލިފާނުގެ ހާދިސާ
  • އެމްއެންޑީއެފް
  • ކޮމެންޓް