ޚަބަރު ރާއްޖެ

އެމްބީއެސް އިން ހިދުމަތްދޭ ގަޑިތަކަށް ބަދަލެއް

މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން ހަދުމަތްދޭ ގަޑިތައް ބަދަލުގެންނަވައިފިއެވެ.

 

އެޕްރީލް 6 ވަނަ ދުވަހުން ފެށިގެން ބްލަޑް ސަރވިސަސް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8 ން ރޭގަނޑު 9 ޖަހަންދެންނެވެ. އަދި އެޗް. ބީ ބެލުމަށް ސާމްޕަލްނެގުން ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާ ދެމެދު ހެނދުނު 8 ން ރޭގަނޑު 8 އަށް ކުރިއަށްދާނެ ކަމަށް އެމްބީއެސް އިން ވިދާޅުވެއެވެ.

 

މީގެއިތުރުން ކްރޮސްމެޗު ހެދުމަށް ސާމްޕަލް ނެގުމުގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ ހޮނިހިރު ދުވަހާއި ބުދަ ދުވަހާ ދެމެދު ހެނދުނު 8 ން ރޭގަނޑު 8 އަށް އަދި ބުރާސްފަތި ދުވަހު ހެނދުނު 8 ން ހަވީރު 5:45 އަށެވެ.

 

އެމްބީއެސް އިން އިތުރަށް ވިދާޅުވީ ތެލަސީމިއާ ސްކްރީނިންގގެ ހިދުމަތް ލިބޭނީ ހެނދުނު 8:30 ން މެންދުރު 1 ޖަހަންދެން ކަމަށާއި ތެލަސީމިއާ ކާޑު ދޫކުރާނީ ހެނދުނު 8 ން މެންދުރުފަހު 2 ޖަހަންދެން ކަމަށެވެ. އަދި ޑޯނަރުން ގައިން ލޭ ނަގާނީ ހެނދުނު 8 ން ރޭގަނޑު 7:45 އަށް ކަމަށާއި ޑޯނަރުން ގައިން އެފެރެސިސްކޮށް ލޭ ނެގުމުގެ ހިދުމަތް ދޭނީ ހެނދުނު 8 ން ރޭގަނޑުދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8 ން ރޭގަނޑު 7:30 އަށް ކަމަށްވެސް އެ ސަރވިސް އިން ވިދާޅުވެއެވެ.

 

އެމްބީއެސް އިން އިތުރަށް ވިދާޅުވީ ލޭ ގުޅައިދިނުން (1 ޔުނިޓް) ގެ ހިދުމަތް ހެނދުނު 8 ން ހަވީރު 4:30 އަށް އަދި  ޔުނިޓު 2 ގެ ހިދުމަތް ހެނދުނު 8 ން މެންދުރުފަހު 2:30 އަށް ކުރިއަށްދާނެ ކަމަށެވެ. އަދި ޑޮކްޓަރުން ބައްލަވާނީ ހެނދުނު 8 ން ރޭގަނޑު 8:30 އަށް ކަމަށް ވެސް އެމްބީއެސް އިން ވިދާޅުވެއެވެ.

 


  • އެމްބީއެސް
  • ކޮމެންޓް