ޚަބަރު ރާއްޖެ

އިސްލާމްދީނާއި ދުނިޔަވީ ރޮނގުތަކުން އިތުރުކުރިއެރުން ހޯދުމަށް މައިންބަފައިންނަށް އިހްތިރާމުކުރޭ

ދުނިޔެއާއި އާހިރަތަށް ފައިދާހުރި އިލްމީ ހަރަކާތްތަކުގައި ދަރިވަރުންގެ ހުސްވަގުތު ހޭދަކުރުމަށް ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

 

ހުތުބާގައި ވަނީ އިސްލާމްދީނާއި ދުނިޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ގަދައަޅައި މަސައްކަތްކުރުމަށް ވެސް ކިޔަވާ ކުދިންނަށް ގޮވާލައްވާފައެވެ. އަދި އެކަން ކުރެވޭނީ މައިންބަފައިންނަށާއި މުދައްރިސުންނަށް ހައްގުވާ ގަދަރާއި އިހްތިރާމުއަދާކޮށްގެންކަން ވެސް ވަނީ ބުނެފައެވެ.

 

"ތަރައްޤީގެ އަސާސަކީ، ތަޢުލީމާއި ތަރުބިޔަތު" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ކުތުބުޚާނާތަކުގެ ފޮތްތަކާއި، ލެބޯޓަރީގެ ސާމާނުތަކާއި، ތައުލީމީ ވަސީލަތްތަކުގެ ބޭނުން، ހެޔޮ ގޮތުގައި ހިފުމަށް ވެސް ވަނީ ގޮވާލާފައެވެ.

 

މީގެއިތުރުން މުދައްރިސުންގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލައްވައި، އެމީހުންކުރާ ބުރަ މަސައްކަތްތަކުގެ މާތްކަން ވަނީ ފާހަގަކޮށްފައެވެ. އަދި މައިންބަފައިންނާއި ދައުލަތުން ތައުލީމާއި ތަރުބިޔަތަށްޓަކައި ތަނަވަސްކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހިފުމުގެ ބޭނުންތެރިކަމަށް ވެސް އަލިއަޅުވާލާފައި ވެއެވެ.

 

ހަމަމިއާއެކު މައިންބަފައިންނަށް ހިތްހަމަޖެހުމާއި ގައުމަށް ކުރިއެރުން ހޯދައިދިނުމަށާއި އިސްލާމްދީނާއި ވަތަނަށްޓަކައި ގުރްބާންވާން ކެރޭ ބަޔަކަށް ވުމަށްޓަކައި ހަށިތަކާއި ނަފުސުތައް ހާނުވައި، ތައްޔާރުކުރުމަށް ވެސް ކިޔަވާ ކުދިންނަށް ވަނީ ގޮވާލާފައެވެ.



"
އިސްލާމްދީނާއި، ދިވެހި ޤައުމު ދެކެ ލޯބިވާ ދަރީންނަށް ވާށެވެ! އަހަރެމެންގެ ދަރީން ތަރުބިޔަތުކޮށް، ދިވެހި ރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ބަޔާންކުރާ ފަދައިން، އިސްލާމް ދީނަށާއި ޤައުމަށް ވަފާތެރި، ފައިދާހުރި ބަޔަކަށް އެ ކުދީން ހެދުމުގައި، ތިޔަ ލޮބުވެތި އެދުރުންގެ ދައުރު ވަރަށް ބޮޑު." 



ހުތުބާގައި އިސްލާމީ އަގީދާ ހަރުދަނާކޮށް، އިސްލާމީ އުސޫލުތައް ބިނާކުރުމުގެ ދައުރު މަދަރުސާތަކުން ފުރިހަމައަށް އަދާކޮށްފިނަމަ، މުޅި އުންމަތުގެ މުސްތަގްބަލު އުޖާލާވެ، އަމާންވާނެކަން ހަނދާންކޮށްދީގައި ވެއެވެ. އަދި މި މަސައްކަތް ކުރެވޭނީ މަދަރުސާތަކާއި މުދައްރިސުންނާއި ބެލެނިވެރީން ގުޅިގެންކަން ވެސް ފާހަގަކުރިއެވެ.

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް