ޚަބަރު ރާއްޖެ

މާލޭގެ ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފި

ފޮޓޯ: އެމްއެންޑީއެފް

މާލޭގެ ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

 

އެމްއެެންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގީ ހެންވޭރު ޝީރީން ވިލާގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ. އަދި އެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަށް ލިބުނީ ރޭ މެންދަމު 2 ޖަހާކަންހާއިރު ކަމަށެވެ.

 

އެ ރިޕޯޓު ލިބުމާއެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 2:18 ގައި ކަަމަށް ވެސް ވިދާޅުވެއެވެ.

 

މިއީ އެ ގޭގެ ފަސްވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި އޮތް ގޮނދަޑިއެއްގައި އަލިފާން ރޯވެ ހިނގި ހާދިސާއެއް ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެ އިދާރާ އިން މައުލޫމާތު ދެއްވައެވެ.

 


  • އަލިފާނުގެ ހާދިސާ
  • އެމްއެންޑީއެފް
  • ކޮމެންޓް