ޚަބަރު

ތެލަސީމިއާ ކުދިންނަށް ވީ ވައުދު ހަގީގަތަކަށް ހަދައިދޭނަން: ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތެލަސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވުން

ތެލަސީމިއާ ކުދީންނަށްޓަކައި ހާމަކުރި ތަސައްވުރާއި، ވީ ވައުދުތައް މާތްﷲގެ ވާގިފުޅާއެކު ހަގީގަތަކަށް ހަދައިދެއްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ފޮނުއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވީ ތެލަސީމިއާ ކުދީންނާއި އާއިލާތަކާއި ސީދާ ބައްދަލުވެ، އަޑުއަހައި، އެކުދީންނަށް ފަރުވާ ދޭގޮތް ސީދާ ލޮލުން ދެކެވަޑައިގެންފައިވާ ކަމަށެވެ. އަދި އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން މިކުރާ މަސައްކަތުން އިރާދަކުރެއްވިއްޔާ މިކުދީންނާއި އާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދެއްވާނެކަަމަށް ވެސް ވިދާޅުވިއެވެ.

 

މީގެއިތުރުން ދިވެހީންނަކީ އިހްސާންތެރިކަމާއި އަޅައިލުމުގައި ލާމަސީލު ނަމޫނާއެއްކަން ހާމަކުރައްވައި، ތެލަސީމިއާގެ އުނދަގޫ ތަހައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމައު ބައިވެރިވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

 

އެ ކުދީންނަށް ލިބިފައިވާ ހުނަރުތައް ތަރައްގީކޮށް، އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމުގައާއި ހިނިތުންވުމާއި އެއްބަނޑުއެއްބަފާކަމުގެ އިހްސާސްތަކާއެކު އެ ކުދީންނާ މުއާމަލާތު ކުރުމުގައި އަދި އެ ކުދީންނަށް ދަތިވާ ކޮންމެ ކަމަކަށް ފަސޭހަ އަލިމަގެއް ކޮށައި ދިނުމުގައި ކޮންމެ ދިވެހި ރައްޔިތަކުމެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

 

ރައީސް ވަނީ ތެލަސީމިއާގެ އުނދަގޫ ބަރުދާސްކުރާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން އަޅުގަނޑުމެން ލިބިގަންނަންވީ އީޖާބީ ފިލާވަޅުތަކެއް ކަމަށާއި ދިރިއުޅުމެއް ހޯދުމަށް އެ ކުދީން އުފުލާ ބުރަ ލުއިކޮށްދިނުމަށް އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީ، ސަވާބު ލިބެނިވި ހެޔޮ ޢަމަލެއްކަން ހަނދާންކޮށްދެއްވިއެވެ.

 

ހަމަމިއާއެކު އެ ކުދީންގެ ފުރާނައިގެ ހައްގުގައި އަޅުގަނޑުމެން ހަދިޔާކުރާ ކޮންމެ ލޭތިއްކަކަށް ﷲގެ ޙަޟްރަތުން ދެއްވާނެ އަޖުރާއި ދަރުމަ ގިނަގުނަ ވެގެންވާ ކަމަށާއި އެ ކުދީންނަށްޓަކައި އަޅުގަނޑުމެން ކުރާ ކޮންމެ ހެޔޮ ދުއާއަކާއި ހެޔޮ ފޯރުވުމެއްގެ ބަރަކާތާއި ރަހްމަތް، ދުނިޔެއާއި އާޚިރަތުގައި ލިބޭނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

 

 


  • ތެލަސީމިއާ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް
    ސީދިބެ
    އަަބދު ވެސް ތިހެން ބުނަނި ކޮންމެ ސަރުކާރަކުންވެސް.. ވާކަމއެް ނޯވޭ