ނަމާދު ގާއިމުކުރުމުން މަރު އަމާންވެ، ގިޔާމަތްދުވަހުގެ ބިރުވެރިކަމުން ސަލާމަތްވޭ

ނަމާދު ގާއިމްކުރުމަކީ މަރު އަމާންވާ ކަންތަކުގެތެރޭގައި ހިމެނޭ ކަމެއްކަން ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

 

ހުކުރު ހުތުބާގައި ވަނީ ނަމާދަކީ ކަށްވަޅުގެ އެކަނިވެރިކަމުންނާއި އަޛާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ވެސް ނަމާދު ހިމެނޭ ކަމަށާއި އެއީ ގިޔާމަތް ދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވުމުގެ ވަސީލަތްތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެއްކަމުގައި ވެސް ހަނދުމަކޮށްދީފައެވެ.

 

" ތަޤްވާވެރިންނަކީ މާތްﷲ ހަނދުމަކުރާމީހުން" މި މައުޟޫއަަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ގިޔާމަތް ދުވަހުގެ ބިރުވެރިކަމުން އަމާންކަން ލިބެނިވި ޢަމަލުތަކަކީ ކޮބައިކަން ދެނެގަނެ، ވަގުތު ފާއިތުވުމުގެ ކުރީން އެ ފަދަ ޢަމަލުތައްކުރުން މަތީ ދެމިތިބުމަށް ވެސް ވަނީ ނަސޭހަތްތެރިވެ، ގޮވާލާފައެވެ.

 

"މާތްﷲ ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި ޢަމަލަކީ ނަމާދު ގާއިމްކުރުމެވެ. ހަމަކަށަވަރުން، ތިމަން ރަސްކަލާނގެއީ الله އެވެ. ތިމަންރަސްކަލާނގެ މެނުވީ، ހައްގުވެގެން އަޅުކަންވެވޭ إلَـٰهއަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ! އަދި ތިމަން ރަސްކަލާނގެ ހަނދުމަކުރެއްވުމަށް ޓަކައި، ނަމާދު ޤާއިމުކުރައްވާށެވެ."

 

މީގެއިތުރުން މާތް ﷲއަށް އީމާންވުމަށްފަހު، އެކަލާނގެ މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބުކުރެއްވި އަޅުކަމަކީ ނަމާދުކަން ހަނދާންކޮށްދީ، ކުރާ ޢަމަލުތަކުގެ ތެރެއިން ގިޔާމަތްދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ވެސް ނަމާދާއި މެދުގައިކަން ހުތުބާގައި ހަނދާންދީފައި ވެއެވެ.

 

ހުތުބާގައި ބުނީ ނަމާދު ގާއިމުކުރުމާއި، ހެޔޮ ޢަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކަކީ ހަވާނަފުސުގެ އެދުންތަކާއި މުންކަރާތްތަކާއި ފާޙިޝު ޢަމަލުތަކެއް ކަމަށެވެ. އަދި ދުނިޔަވީ ކަންކަމުގައި އިންސާނީ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަންކަން ރާވައި، ކުރިޔަށް ގެންދެވުނަސް، އުޚްރަވީ ކަންކަން ރާވާން އެނގޭނީ، ކީރިތި ގުރްއާނާއި، ކީރިތި ރަސޫލާގެ ސައްހަ ހަދީޘްތަކުގެ އަލީގައި އެކަނި ކަމަށް ބުނެފައި ވެއެވެ.

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް