އއ. ތޮއްޑޫ ހޯޕް ޖަމިއްޔާ އިން ބާއްވާ ކުޑަކުދިންގެ ހަވީރު މާދަމާ ހަވީރު އޮންނާނެކަމަަށް އެ ޖަމްއިއްޔާ އިން މައުލޫމާތު ދީފިއެވެ.
'އޮއިވަރު' އަށް މައުލޫމާތު ދެއްވަމުން އޮފިޝަލެއް ވިދާޅުވީ މި ހަވީރު އޮންނާނީ މިއަދު ހަވީރު 4:30 ން އިރުއޮއްސި 6 ޖަހަންދެން އެރަށު އެއްނަމްބަރު ސްޓޭޑިއަމްގައި ކަމަށެވެ. މި ހަވީރުގައި ކުޑަކުދިންނާއި ގުޅޭ ތަފާތު އެކި ކުޅިވަރުތަކާއި ހަރަކާތްތައް އޮންނާނެކަަމަށް ވިދާޅުވިއެވެ.
'އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން' މި ތީމަށް ބާއްވާ މި ހަވީރުގައި އޮޕްޓިކަލްސް އާއި އިނާމު ލިބޭ ގިނަ ކުޅިވަރުތައް ހިމަނާފައިވާ ކަމަށް އެ ޖަމްއިއްޔާ އިން ވިދާޅުވެއެވެ. އަދި ވީހާ ވެސް ގިނަ ކުދިން ބައިވެރިވުމަށް އެ ޖަމްއިއްޔާ އިން ވަނީ އެދިފައެވެ.
އެރަށުގައި ހުރި ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ މި ހަވީރުގައި ފަލަސްތީނަށް އެހީވުމަށް ފަންޑު ފޮއްޓެއް ވެސް ބަހައްޓާފައި ހުންނާނެއެވެ.
ތޮއްޑޫ ހޯޕް ޖަމްއިއްޔާ އިން އަންނަނީ ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ފާހަގަކުރާ މިފަދަ ދުވަސްތައް ފާހަގަކުރަމުންނެވެ. އަދި ރަށާއި ރައްޔިތުންގެ ތަރައްގީއަށް ވެސް ގިނަ ހަަކާތްތަކެއް ހިންގަމުންދެއެވެ.
މީގެއިތުރުން އިޖުތިމާއީ ކަންކަމުގައި ވެސް އިސްސަފުގައި ހަރަކާތްތެރިވާ ޖަމްއިއްޔާއެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.