އަންނަ ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވަނީ ރައީސް ޑރ. މުޢިއްޒު މިގޮތަށް ހަމަޖެއްސެވީ ނަޞްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، އެދުވަހުގެ ދުވަހުގެ ކުރިއަށް އޮތް ދުވަސްކަމުގައިވާ ނޮވެމްބަރ 2 ވާ އާދީއްތަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ އެވެ. އަދި ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށެވެ.
މި ނިންމެވުމާއެކު މިމަހުގެ 31 އިން ފެށިގެން ނޮވެމްބަރ 2 ވަނަ ދުވަހާއި ހަމައަށް 4 ދުވަހުގެ ޗުއްޓީއެއް ލިބޭއިރު، ބަންދަށްފަހު ސަރުކާރު ހުޅުވޭނީ ނޮވެމްބަރ 4 ވާ އަންގާރަ ދުވަހުއެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ރާއްޖޭގެ ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލާއާ ގުޅުވައިގެންނެވެ.