ޚަބަރު ރާއްޖެ

އިމިގްރޭޝަންގެ އޮޕަރޭޝަނެއްގައި އަނެއްކާވެސް 5 ބިދޭސީން ހޯދައިފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގައި އަނެއްކާވެސް 5 ބިދޭސީން ހޯދައިފިއެވެ.

 

އެ އިދާރާ އިން ވިދާޅުވީ މިއީ މިއަދު ހެނދުނު ޓާސްކްފޯސްއިން ހިންގި ރެއިޑު އޮޕަރޭޝަނެއްގައި ހޯދި މީހުންކަމަށެވެ. އަދި މިއީ ހުޅުމާލެ ފޭސް 1، ރުއްގަނޑު ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ 5 ބިދޭސީން ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

 

އިމިގްރޭޝަނާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަންތަކުގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދާ، އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކުރުމެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމެވެ.

 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 8000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

 


  • އިމިގްރޭޝަން
  • ބިދޭސީން
  • ކޮމެންޓް