ޚަބަރު ރާއްޖެ

ރާއްޖޭގެ ތަރައްގީގައި އދ އަކީ މުހިންމު ބައިވެރިއެއް: ޑރ. ޚަލީލު

ރާއްޖޭގެ ތަރައްގީގައި އދ އަކީ މުހިންމު ބައިވެރިއެއްކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

 

އދ. ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުން ތަރައްގީވަމުން އަންނަ ގައުމަކަށް ބަދަލުވި 3 ވަނަ ގައުމުގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓް (ސިޑްސް) ގެ ގައުމަކަށްވުމުން ރާއްޖެއަށް ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް ވަކާލާތުކުރުމުގައި ރާއްޖެއިން ކާމިޔާބު ހާސިލުކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ.

 

ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ އދ. ގެ ޖެނެރަލް އެސެމްބްލީއާއި ހިއުމަން ރައިޓްސް ކައުންސިލުގެ ނައިބު ރައީސްގެ މަގާމު ރާއްޖެއިން ފުރުމަކީ ފަހުރުވެރިކަމެއްކަމުގައެވެ. އަދި އަބަދުވެސް ރާއްޖެއިން އދގެ އުސޫލުތައް ހިފަހައްޓާ އދއާއެކު މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގައި ވެސް ވިދާޅުވިއެވެ.

 


  • ޔޫއެން
  • ފޮރިން މިނިސްޓަރ
  • ފޮރިން މިނިސްޓްރީ
  • ކޮމެންޓް