ރަސޫލާގެ ސުންނަތަކީ އިސްލާމީ ޝަރީއަތުގެ މަސްދަރެއްކަން ކަށަވަރުވޭ

ރަސޫލާގެ ސުންނަތަކީ އިސްލާމީ ޝަރީއަތުގެ މަސްދަރެއްކަން ކަށަވަރުވާ ކަމުގައި ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

 

ހުތުބާގައި ބުނީ ސުންނަތާ ނުލައި ދީނުގެ ހުކުމްތައް ނޭނގޭނޭކަން އަހަރެމެން ދަންނާން ޖެހޭނެ ކަމަށެވެ. އަދި މުސްލިމުން ޢަމަލުކުރާންޖެހޭ ހުރިހައި ކަމެއް ގުރުއާނުގައި ބަޔާންކޮށްފައިވާ ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމަށެވެ.

 

ގުރްއާން ފިޔަވައި އެހެން މަސްދަރަކަށް ބަލަން ނުޖެހޭ ކަމަށް އެ މީހުން ދެކޭ ކަމަށާއި އެހެންނަމަވެސް މިއީ ވަރަށް ގޯސް ވިސްނުމެއްކަން ވަނީ ފާހަގަކޮށްފައެވެ. ހުތުބާގައި ބުނީ އިސްލާމީ ޝަރީއަތުގެ ގިނަ ކަންތައްތައް ސުންނަތަށް ރުޖޫއަވުމަކާ ނުލައި، ހަމައެކަނި ގުރްއާނުން ދަލީލު ނަގައިގެން ޢަމަލު ކުރުމަކީ މުސްތަހީލު ކަމެއް ކަމަށެވެ.

 

އެގޮތުން ނަމާދަކީ ދީނުގެ އެންމެ މުހިންމު އެއް ރުކުން ކަމަށާއި އެއީ އިސްލާމް ދީނުގެ ތަނބުކަން ފާހަގަކުރިއެވެ. އަދި ޝަހާދަތުގެ ދެ ކަލިމައަށް ފަހު ދީނުގައި އަދާކުރުމަށް އައިސްފައިވާ އެންމެ މުހިންމު ކަމަކީ ނަމާދުކުރުން ކަމުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް