ތޮއްޑޫ ހޯޕް ޖަމްއިއްޔާ އިން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް

އަރިއަތޮޅު އުތުރުބުރި ތޮއްޑޫ ހޯޕް ޖަމްއިއްޔާ އިން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

 

އެ ޖަމްއިއްޔާ އިން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު އުކުޅަހާއި ތޮއްޑޫގައި ކަމަށެވެ.

 

"ބްލަޑް ޑޮނޭޝަން ކޭމްޕް". ގެ ނަމުގައި ބާއްވާ މި ހަރަކާތަކީ ލޭ ހަދިޔާ ކުރުމަށް އަތޮޅުތެރޭގެ ރައްޔިތުންގެ މެދުގައި ލޯބި އުފެއްދުމަށާއި އިޖްތިމާއީ އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން އެ އަތޮޅުގައި ކުރިޔަށްގެންދާ ބޮޑު ހަރަކާތެކެވެ.

 

 

މި މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިވެންޓަކީ އުކުޅަސް ހޯޕް، ޚިދުމަތް، އުކުޅަސް ކައުންސިލް، އައި.ޖީ.އެމް.އެޗް، މޯލްޑިވްސް ބްލަޑް ސަރވިސް، އުކުޅަސް ހެލްތް ސެންޓަރ، ބްލަޑް ޑޯނަރ، ތޮއްޑޫ ހޯޕް، ތޮއްޑޫ ހެލްތް ސެންޓަރ އަދި ހަދިޔާ އެޕް ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

 

މި ކޭމްޕްގައި ބައިވެރިވެ، ވީހާވެސް ގިނަ މީހުން ލޭ ހަދިޔާކޮށް، އެހީތެރިވެދިނުމަށް ތޮއްޑޫ ހޯޕް ޖަމްއިއްޔާ އިން ވަނީ އެދިފައެވެ.

 


  • ތޮއްޑޫ
  • ޚިދުމަތް ޖަމްއިއްޔާ
  • ކޮމެންޓް