ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު ފުރައިފި

ހައްޖުވެރިން ފުރަން ގޮސް ވީއައިއޭގަ - ފޮޓޯ: އަލިބެ

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕު މިއަދު ފުރައިފިއެވެ.

 

ސައުދީ އެއަރލައިންސް އިން މިއަދު ފުރާފައިވަނީ 234 މީހުންނެވެ. އެމީހުން ފުރީ ހަވީރު 3:15 ގައެވެ.

 

އިސްލާމިކް މިނިސްޓްރީން ދެއްވާފައިވާ މައުލޫމާތަށް ބަލާއިރު، މި ފްލައިޓް މިހާރުވާނީ ޖިއްދާ އެއަރޕޯޓުގައި ޖައްސާފައެވެ. ނުވަތަ ޖެއްސުމާއި ވަރަށް ގާތްވެފައެވެ.

 

ފާއިުތުވި އަހަރުތަކެކޭ ވެސް އެއްގޮތަށް ހައްޖުވެރިން އެއަރޕޯޓަށް ދިއުމަށް މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

 

ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ތާވަލަށް ބަލާއިރު، ކުރިއަށް އޮތް ތިން ދުވަހު ވެސް ހައްޖުވެރިން ފުރާނެއެވެ. ހައްޖުވެރިން މިއަހަރު މައްކާއަށް ފުރަނީ ސައުދީ އިމިގްރޭޝަންގެ ހުރިހާ މަރުހަލާއެއް ރާއްޖެއިން ފުރިހަމަކޮށްގެންނެވެ.

 


  • ސައުދީ އަރަބިއާ
  • ހައްޖު ކޯޕަރޭޝަން
  • ހައްޖު
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް