ތޮއްޑޫ ހޯޕް ޖަމްއިއްޔާގެ ލޭ ހަދިޔާކުރުން ފަހުގެ ތާރީހަކަށް ބަދަލުކޮށްފި

އއ. ތޮއްޑޫ ހޯޕް ޖަމްއިއްޔާގެ ލޭ ހަދިޔާކުރުން ފަހުގެ ތާރީހަކަށް ބަދަލުކޮށްފިއެވެ.

 

އެ ޖަމްއިއްޔާ އިން ބުނީ މި ހަރަކާތް ފަހުގެ ތާރީހަކަށް ބަދަލުކުރީ ކަނޑު ގަދަވުމުގެ ސަބަބުން މާލޭން އަންނަން ހަމަޖެހިފައިވާ ޓީމަށް އާދެވޭގޮތް ނުވުމުން ކަމަށެވެ.

 

" 27 މެއި 2025 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިވަނީ ލަސްކުރެވިފައެވެ. ވީމާ މި އިވެންޓް ކުރިޔަށް ގެންދާނެ ތާރީޚެއް އަންގާނެ ވާހަކަ ދަންނަވަން."

 

"ބްލަޑް ޑޮނޭޝަން ކޭމްޕް" ގެ ނަމުގައި އެ އަތޮޅު އުކުޅަހާއި ތޮއްޑޫގައި ބޭއްވުމަށް ނިންމި، މި ހަރަކާތަކީ ލޭ ހަދިޔާ ކުރުމަށް އަތޮޅުތެރޭގެ ރައްޔިތުންގެ މެދުގައި ލޯބި އުފެއްދުމަށާއި އިޖްތިމާއީ އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން އެ އަތޮޅުގައި ކުރިޔަށްގެންދާ ބޮޑު ހަރަކާތެކެވެ.

 

މި ހަރަކާތް ބޭއްވުމަށް ކުރީން ތާވަލުކޮށްފައި އޮތީ މާދަމާއެވެ. މިއީ އުކުޅަސް ހޯޕް، ޚިދުމަތް، އުކުޅަސް ކައުންސިލް، އައި.ޖީ.އެމް.އެޗް، މޯލްޑިވްސް ބްލަޑް ސަރވިސް، އުކުޅަސް ހެލްތް ސެންޓަރ، ބްލަޑް ޑޯނަރ، ތޮއްޑޫ ހޯޕް، ތޮއްޑޫ ހެލްތް ސެންޓަރ އަދި ހަދިޔާ އެޕް ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

 


  • ތޮއްޑޫ
  • ކޮމެންޓް