ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ހައްޖުގެ މަތުވެރި އަޅުކަން އަދާކުރެއްވުމަށް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
މިއީ ސައޫދީ ސަރުކާރުގެ ފަރާތުން ދެއްވާ ހާއްސަ ދަތުރުފުޅެކެވެ. މި ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވާ ދެއްވާފައިވަނީ ރޯޔަލް ކޯޓުން ހިލެއެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން ވެސް ވަނީ ފުރާވަޑައިގެންފައެވެ. އެގޮތުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރާއި ފޮރިން މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢުގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުންނާއި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވައެވެ.
މި ހުރިހައި ބޭފުޅުން ވެސް އެގައުމުގައި ތިއްބަވާނީ ސައޫދީ ސަރުކާރުގެ ހާއްސަ މެހްމާންދާރީގައެވެ.