ދިވެހި ހައްޖާޖީންގެ އިންތިޒާމުތައް ފުރިހަމަކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެ: ރައީސް

މައްކާގައި ތިބި ދިވެހި ހައްޖާޖީންނާ ރައީސް ބައްދަލުކުރައްވަނީ - ފޮޓޯ: ޕީއެސްއެމް

ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ދިވެހި ހައްޖާޖީންނަށް ވީހާވެސް ފުރިހަމަ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

މައްކާގައި ދިވެހި ހައްޖާޖީންނާ ބައްދަލުކުރައްވައި، ހާލުއަހުވަލު ބެއްލެވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން ހައްޖާޖީން އެނބުރި ރާއްޖެއަށް އަންނަންދެން ހުރިހައި ކަމެއްގައިވެސް ވީހާވެސް ފުރިހަމައަށް، ކޮންމެ ހައްޖާޖީއަކަށްވެސް ކަންކަން ފަސޭހައިން އިންތިޒާމުކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކައްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާފައެވެ.

 

"ދިވެހި ހއްޖާޖީންނަށް ހައްޖުގެ މަތިވެރި އަޅުކަމުގެ ކަންކަން ވީ އެންމެ ފުރިހަމައަށް ތަރުތީބު ކޮށްދެއްވުމަށް ދިވެހި ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދީގެން މަސައްކަތްކުރާނެ."

 

މީގެއިތުރުން މިއީ ދިވެހި ހައްޖާޖީންނަށް ތާރީހީ ހައްޖަކަށް ވާނެކަމަށާއި އެގޮތުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ތެރެއިން ދިވެހި ހައްޖާޖީންނަށް މިފަހަރު ފަހު ފުރުސަތުތަކެއް ލިބި ހައްޖުގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބީއްޔާއަށް ދިއުމުގައި ވަރަށްބޮޑު ލުޔެއް ލިބުނުކަން ފާހަގަކުރެއްވިއެވެ.

 

ރައީސް ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ދާއިރު، ބައެއް ދަތިތައް ހުރިނަމަވެސް މިއަހަރު އެހުރިހައި ދަތިކަމެއްހެން ފިލައި ގޮސްފައިވާކަމަށް ވެސް ވިދާޅުވެފައެވެ.

 


  • ސައުދީ އަރަބިއާ
  • ހައްޖު ކޯޕަރޭޝަން
  • ހައްޖު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް