ދަނޑުވެރިންނަށް ބޭނުންވާނެ ފަންނީ ތަމްރީންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ މަގްސަދެއް: މިނިސްޓަރ

ދެމެހެއްޓެނިވި ދަނޑުވެރިކަމަކަށް ވާސިލް ވުމަށްޓަކައި، ދަނޑުވެރިންނަށް ބޭނުންވާނެ ފަންނީ ތަމްރީންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ މަގުސަދެއް ކަމުގައި އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

 

އާބަން ފާމިންގ ގެ ދެވަނަ މަޝްރޫއު ފެށުމާއި ގުޅިގެން އެކަމަނާ ވިދާޅުވީ މާލެ ސީޓީ ފަދަ ޖާގައިގެ ދަތިކަންހުރި ތަންތަނުގައިވެސް ގަސްއިންދާ ހެއްދުމަށް ޝައުގުވެރި މީހުން އުޅޭކަމަށެވެ. އަދި އޭގެ ތެރެއިން އެއްބައިމީހުން ގަސް ހައްދަނީ ހިތްހަމަޖެހުމަށްޓަކައިކަމަށެވެ.

 

މީގެއިތުރުން ނަފާ ހޯދުމަށްވެސް ގަސް ހައްދާމީހުން އުޅޭކަން ފާހަގަކުރައްވާ ވިދާޅުވީ މިފަދަ މީހުންނަށް ކުރިމަތިވާ ގޮންޖެހުމަކީ ފަންނީ މައުލޫމާތު ނެތުމާއި މާކެޓް ކުރެވޭނެ މަގުތައް ފަހިވެފައިނެތުން ކަމަށެވެ. އަދި ލިބެންހުރި ޖާގަތައް އުފެއްދުންތެރިކަމާއެކު، މައުނަވީ ގޮތެއްގައި ބޭނުންކޮށްފައިވާ ގޮތް ފެނުމަކީ ހިތްވަރު ލިބޭކަމެއްކަން ފާހަގަކުރެއްވިއެވެ.

 

މިނިސްޓަރު ވަނީ މި މަޝްރޫއުގެ ސަބަބުން އެ ފަރާތްތަކުގެ އަމިއްލަ ދިރިއުޅުމަށް އެހީތެރިވުމާއި ރަށުތެރޭގައި އުފައްދާ ތަކެތި އިޝްތިހާރުކޮަށް މާކެޓް ހޯދި، ދެމެހެއްޓެނިވި ގޮތެއްގައި ޝަހަރީ ދިރިއުޅުން ކުރިއެރުވުމަށްވެސް އެހީތެރިވެދޭނެކަމަށެވެ.

 


  • ޑރ. މަރްޔަމް މާރިޔާ
  • އެގްރިކަލްޗަރ މިނިސްޓްރީ
  • ކޮމެންޓް