އިސްލާމީ މުޖުތަމައުގެ އަފުރާދުން ވާންޖެހޭނީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް

އިސްލާމީ މުޖުތަމައުގެ އަފުރާދުން ވާންޖެހޭނީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ކަމުގައި ހުލުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

 

'އެކަކު އަނެކަކަށް އެހީތެރިވުން' މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ވަނީ މާތް الله އިންސާނުން ހައްދަވައިފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައިކަން ހަނދާންކޮށްދީފައެވެ. އަދި އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށް ކަމަށް ވެސް ބުނެފައި ވެއެވެ.

 

އެހެންކަމުން ކޮންމެ އިންސާނަކީވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން  ބޭނުންވާނެ މީހެއް ކަމަށާއި ވުމާއެކު، މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާންޖެހޭކަން ފާހަގަކޮށްފައި ވެއެވެ. އަދި އެފަދަ ވަގުތުތަކުގައި އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވައި، އަޅައިލުމަކީ އަހަރެމެންގެ މައްޗަށް ވާޖިބު ކަމެއް ކަމަށާއި މިއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް އަދި މުއުމިނުންގެ ސިފައެއްކަން ހަނދުމަކޮށްދީފައި ވެއެވެ.

 

އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމާއި ހެޔޮކޮށް ހިތުމުގައާއި އެކަކު އަނެކަކަށް އަޅައިލައި އޯގާތެރިވުމުގައި މި ކަމަކީ އިންސާނިއްޔަތުކަމުގެ އިތުރުން، މުސްލިމުންގެ އީމާންކަމާ ވެސް ގުޅިފައިވާކަމެއް ކަމުގައި ހުތުބާގައި ބުނެފައި ވެއެވެ.

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް