ދާއިމީ ނިއުމަތުގެ ގޮވަތީން މަތީ ދަރަޖަ ހޯދަން މަސައްކަތްކުރާ މީހުންނަށްވޭ: ހުތުބާ

ދާއިމީ ނިއުމަތުގެ ގޮވަތީން މަތީ ދަރަޖަ ހޯދަން މަސައްކަތްކުރާ މީހުންނަށްވުމަށް ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

 

ހުތުބާގައި ބުނީ މުސްލިމުންގެ އުޚުއްވަތްތެރިކަމަކީ އެންމެހައި އުމުރުފުރާތަކަށާއި އެކިއެކި ގިންތިތަކާއި ފަންތިތަކުގެ މެދުގައި އޮންނަ އެއްޗެއް ކަމަށެވެ. އަދި އޭގައި ކުޑަކުއްޖެއް، ބޮޑުމީހެއް، މުއްސަންޖެއް، ފަގީރެއް، އަރަތްބެއް، އަޖަމީއެއް، ކަޅުމީގެއް، ދޮންމީހެއް ތަފާތެއް ނެތްކަމަށް ވެސް ވަނީ ބުނެފައެވެ.

 

މީގެއިތުރުން ހަގީގީ މަތިވެރިކަން ލިބިގެންވާ މީހުންނަކީ މާތްﷲ ރުއްސަވައި ވޮޑިގަންނަވާ ގޮތަށް ޢަމަލުތައްބަހައްޓައި، ދާއިމީ ނިއުމަތުގެ ގޮވަތީން މަތީ ދަރަޖަ ހޯދުމަށް ހިވާގިކަމާއެކު މަސައްކަތްކުރާ މީހުންކަން ހަނދާންކޮށްދިނެވެ.

 

"ތަވާޟުޢުވެރިކަމަކީ ދަރަޖަ އުފުލިގެންވާ ކަމެކެވެ" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ތަވާޟުޢުވެރިކަމަކީ ހިތްތިރިކަމާއި މަޑުމޮޅިކަން ނުވަތަ މީސްތަކުންގެ މައްޗަށް ކިބުރުވެރި ނުވުން ކަމުގައި ވަނީ ބުނެފައެވެ. އަދި އެއީ ނަބިއްޔުންގެ ޚުލްޤުފުޅެއް ކަމަށާއި އެސިފައިގައި ހިފަހައްޓައިފިމީހާއަށް، އެކަލާނގެ އާޚިރަތުގެ ގޮވަތީން ނިއުމަތާއި ބާއްޖަވެރިކަން ދެއްވާނެކަން ހުތުބާގައި ބުންޏެވެ.

 

ތަވާޟުޢުވެރިކަމަކީ އުޚްވަތްތެރިކަން ފެތުރިގެންދާ ސަބަބެެއްކަން ހަނދާންކޮށްދީ، އެއީ މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އިތުރުވާ ކަމެެއްކަމުގައި ވެސް ބުންޏެވެ. އަދި އެކަލާނގެ ތަޢާޟުޢުވެރީންގެ ދަރަޖަ އުފުއްލަވާ، ކިބުރުވެރިންދެކެ ކޯފާވެވޮޑިގަންނަވާ، އެ މީހުންގެ ދަރަޖަ ދަށްކުރައްވާކަން ފާހަގަކުރިއެވެ.

 

އެެހެންކަމުން އިލްމުވެރިންނާއި އެކިއެކި މަގާމުތަކަށް އިސްކުރައްވާފައިވާ ފަރާތްތަކާއި އެންމެހާ މީސްތަކުން ﷲއަށް ތަވާޟުޢުވެރިވުމަށް ހުތުބާގައި ވަނީ ގޮވައިލާފައެވެ.

 

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް