ހަނިމާދޫ ކައުންސިލަށް ބަނބުކެޔޮ ގަސް ހަދިޔާކޮށްފި

ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހދ. ހަނިމާދޫ ކައުންސިލަށް ބަނބުކެޔޮ ގަސް ހަދިޔާކޮށްފިއެވެ.

 

މި ޕްރޮގްރާމްގެ ތެރެއިން އެރަށުގައި ބަނބުކެޔޮ ގަސް ހެއްދުމަށްޓަކައި އެރަށުކައުންސިލަށް ވަނީ 50 ގަސް ވަނީ ހަދިޔާކޮށްފައެވެ.

 

އެކަމަށްޓަކައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި ބޭއްވި ރަސްމިއްޔާތުގައި ބަނބުކެޔޮ ގަސްތައް ކައުންސިލާ ހަދިޔާކޮށްދެއްވީ އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އެވެ.

 

ރާއްޖޭގައި ކާނާގެ ޔަގީންކަން (ފުޑް ސެކިޔުރިޓީ) އިތުރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެހެންކަމުން އެ މިނިސްޓްރީން އަންނަނީ ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ރަށްރަށުގެ ކައުންސިލްތަކާއި، ކަމާއިގުޅުންހުރި އެހެނިހެން އިދާރާތަކާއި ގުޅިގެން ކުރަމުންނެވެ.

 

މިނިސްޓަރ ޑރ. މާރިޔާ ހއ. އަދި ހދ. ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެރަށްރަށުގައި ކުރިޔަށްގެންދާ ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ބައްލަވައިލައްވައި، އިތުރަށް ކުރެވޭނެކަންކަން ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

 


  • ޑރ. މަރްޔަމް މާރިޔާ
  • އެގްރިކަލްޗަރ މިނިސްޓްރީ
  • ކޮމެންޓް