ތުއްތު މިޝާ ބޭބީއަށް ކުޑަނަމަވެސް އެހީތެރިކަމެއް ދެއްވާ

މިޝާ ބޭބީއަށް އެހީވުމަށް އއ. ތޮއްޑޫ ހޯޕް ޖަމްއިއްޔާއިން ފަންޑް ރައިޒް އިވެންޓެއް މިއަދު ބާއްވާނެއެވެ.

 

އެޖަމްއިއްޔާ އިން ބުނީ މި ހަރަކާތް އޮންނާނީ މިއަދު ހަވީރު 4 ން 6 އަށް ސެންޓްރަލް ޕާކު ކޮމަރޝަލް ބްލޮކް 4 ގައި ކަމަށެވެ. އަދި މިހަރަކާތުގައި ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ވިއްކާ ކެންޓީނާއި ފައިސާ ހަދިޔާކުރުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާކަަމަށް މައުލޫމާތުދީފައި ވެއެވެ.

 

 

 

މި ހަރަކާތް މިއަދު ބާއްވާއިރު، މިޝާގެ އާއިލާ މިވަގުތު ވެސް ގެންދަނީ އިންޑިއާގައި ބޭސްފަރުވާ ކުރަމުންނެވެ. އެކިފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ބޭސްފަރުވާގެ ކަންކަން މިހާރުވެސް ކުރަމުން އައިނަމަވެސް ބަލީގެ ގޮތުންނާއި މިޝާއަކީ ތުއްތުތުއްތު ކުއްޖަކަށްވާތީ، މިކަމުގައި ހިނގާ ހަރަދު ދަނީ އިތުރުވަމުންނެވެ.

 

އެހެންވެ، އާއިލާއިންނާއި ހޯޕް ޖަމްއިއްޔާ އަދި 'އޮއިވަރު' ގެ ފަރާތުން އެދެނީ ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް އެހީގެގޮތުގައި ދިނުމަށެވެ.

 


  • ތޮއްޑޫ ހޯޕް ޖަމްއިއްޔާ
  • ތޮއްޑޫ
  • ކޮމެންޓް