ށ. އަތޮޅުގައި ކުރިއަށް ގެންދިޔަ ރައްކާ ރޯޑް ޝޯވ 2025 ނިންމާލުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
އިއްޔެ ބޭއްވި މި ހަވީރު ފައްޓަވައިދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲއާއި އެ އަތޮޅު ކައުންސިލު ރައީސް މުޙައްމަދު ޝިޔާމާއި މިލަންދޫ ކައުންސިލު ރައީސް ޢަބްދުﷲ އާތިފްއެވެ.
މިލަންދޫގައި ހުރި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ގުޅިގެން ކުރިއަަށް ގެންދިޔަ މި ހަވީރުގައި، ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޅިވަރުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ކޮންމެ އިދާރާއަކުން ވެސް ހާއްސަ ސްޓޯލެއް ބަހައްޓާފައިވެއެެވެ.
މީގެއިތުރުނ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމާއި ކުޑަކުދިންނާއި ބެލެނިވެރިން ހިމެނޭގޮތަށް އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ހަރަކާތްތައް މިލަންދޫގައި ކުރިއަށް ގެންގޮސްފައިވަނީ މިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި ރަށުގެ ވިޔަފާރިވެރިންނާއި ޖަމުއިއްޔާތައް ގުޅިގެންނެވެ.
ރައްކާ ރޯޑް ޝޯވގެ މި އަހަރުގެ ޕާޓްނަރުންނަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއި އެމްޓީސީސީ އަދި އުރީދޫ މޯލްޑިވްސްއެވެ. މިއީ ޓްރެކްފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ ފަރާތުން ކުރިއަށްގެންދާ ހަރަކާތެކެވެ.