ތެޔޮ އުފުލާ 2 ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ތ. ވިލުފުށި ފަޅުގައި އޮތް ދެ ދޯނީގައެވެ. އަދި މި ހާދިސާގައި ދެ މީހަކު ފިހިފައިވާކަމަށް ވެސް ބައެއް މަސްދަރުތަކުން ބުނެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ތ. ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓްގެ ސިފައިން ދަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 9:41 ގައި ކަމަށެވެ.