ޚަބަރު ރާއްޖެ

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް އުފާވެރި ޚަބަރެއް!

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުން އައު އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމެންޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

 

ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވީ ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އައު "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އަދި "ހިޔާވެހި ޕޯޓަލް " މެދުވެރިކޮށް މިއަދުން ފެށިގެން އެކަމަށްއެދި އެޕޮއިންޓްމެންޓް ހެދޭނެ ކަމަށެވެ.

 

ރަޖިސްޓްރީއާއި އެއްބަސްވުން ދޫކުރާނީ މި މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 9:30 ން ފެށިގެން ކަމަށާއި އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓު ފަހުން ހާޟިރުވާ މީހުންނާއި ލިޔެކިޔުންތައް ފުރިހަމައަށް ހުށަނާޅާ މީހުންގެ އެޕޮއިންޓްމެންޓް އެ ދުވަހަކަށް ކެންސަލްވާނެކަމަށް ވެސް ވަނީ ވިދާޅުވިއެވެ.

 

އެޕޮއިންޓްމެންޓް ހަމަޖެހުނު ދުވަހާއި ގަޑިއާއި ތަން "ހިޔާވެހި ޕޯޓަލް"  މެދުވެރިކޮށް އަދި ފޯނަށް އެސްއެމްއެސްގެ ޒަރިއްޔާއިން އެންގޭނެކަމަށާއި އެޕޮއިންޓްމެންޓަށް އެދޭއިރު، ހުށައަޅަންޖެހޭ ލިޔެކިޔުންތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

 

ދިވެހި ސަރުކާރުގެ ގެޒެޓް ލިންކް: https://www.gazette.gov.mv/iulaan/348644

 


  • ގުޅީފަޅު
  • ކޮންސްޓްރަކްޝަން މިނިސްޓްރީ
  • ކޮމެންޓް