ޚަބަރު ރާއްޖެ

މާލޭގެ ގެއެއްގައި ބަންދުކޮށްފައި ހުރި މީހަކު ފުލުހުން ސަލާމަތްކޮށްފި

ހުއްދަ ނޫން ގޮތުގައި މާލޭގެ ގެއެއްގައި ބަންދުކޮށްފައި ހުރި މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ.

 

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެމީހާ ސަލާމަތްކޮށްފައިވަނީ މިއަދު ހެނދުނު ކަމަށެވެ. އަދި ބަންދުކޮށްފައިހުރީ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.

 

އެމީހާ ހުއްދަ ނޫން ގޮތުގައި ބަންދުކޮށްފައި ހުރިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 6 ޖަހާކަންހާއިރު ކަމަށާއި ރިޕޯޓު ލިބުމާއެކު، އެމީހާ ބަންދުކޮށްފައި ހުރި ގެއަށް ފުލުހުން ގޮސް، ތަޅު ހަލާކުކޮށްލައިގެން ވަދެ، އެތަނުން އެމީހާ ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

 

މީގެއިތުރުން އެމީހާ މިހާރުވަނީ ސިއްހީ ހާލަތު ބެލުމަށް  އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާ ކަމަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަވަނީ ބައްލަވަމުންނެވެ.

 

 

 


  • ބިދޭސީން
  • ކޮމެންޓް