ރާއްޖެ

ސްޕްރީމް ކޯޓުގެ ބެންޗުން ފަނޑިޔާރުން މަދުކުރާ ބިލަށް ޕީއެންސީގެ ހުރިހާ މެމްބަރުން ތާއީދުކުރުމަށް އަންގައިފި

ސްޕްރީމް ކޯޓުގެ ބެންޗުން ފަނޑިޔާރުން މަދުކުރާ ބިލަށް ޕީއެންސީގެ ހުރިހާ މެމްބަރުން ތާއީދުކުރުމަށް އަންގައިފިއެވެ.

 

އެ ކޯޓުގެ ބެންޗުގައި މިހާރުތިއްބަވަނީ 7 ފަނޑިޔާރުންނެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ އެ އަދަދު 5 ފަނޑިޔާރުންނަށް މަދުކުރުމަށެވެ.

 

އެ ބިލުގެ އިބުތިދާއީ ބަހުސް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ޕީއެންސީ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރު އިބްރާހީމް ފަލާހު އެ ޕާޓީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕަށް ރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ ބިލު މަޖިލީހުން ބަލައިގަނެ، ޕީއެންސީގެ ޕީޖީން ތާއީދު ކުރުމަށް އެޕާޓީގެ ލީޑަރޝިޕުން ނިންމައިފައިވާ ކަމަށެވެ.

 

" ޕީއެންސީގެ ހުރިހާ މެންބަރުން ވެސް އެ ބިލަށް ތާއީދުކޮށް، ބަހުސް މަރުހަލާގައި ވެސް ބިލަށް ތާއީދުކޮށް ވާހަކަ ދެއްކެވުމަށް ލީޑަރޝިޕުން އެދިލައްވާ."

 

ވެރިކަންކުރާ ޕާޓީން މިބިލު ހުށަހަޅައިފައިވަނީ ޕާޓީން ވަކިކުރާ ނުވަތަ އަމިއްލައަށް ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް މި މަޖިލީހުން ފާސްކުރި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފައިވާ ވަގުތެއްގައެވެ.


ކޮމެންޓް