ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި ވިނައިލް އެޅުމަށް ޕްރޮކްސީ ގުރޫޕާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނާއިބު އިބްރާހިމް އާސިމްއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ މުޙައްމަދު އައިހަމް އަޙްމަދު ޝާހިދުއެވެ.
މަސައްކަތް ފަށާތާ ދެ ދުވަސްތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަސައްކަތް ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.
އުނގޫފާރު އިސްލާމީ މަރުކަޒުގައި ރަމަޟާން މަހުގެ ކުރިން ވިނައިލް އެޅުމަށް ހަމަޖެހިފައިވާކަން ހާމަކުރެއްވީ "އަހާ ފޯރަމް" ގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
"އުނގޫފާރު އިސްލާމިކް ސެންޓަރުގައި އިރާދަކުރެއްވިއްޔާ ރަމަޟާން މަހުގެ ކުރިން ކާޕެޓު އެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެން"
މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބިނާކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގެ ހާލަތު ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.