ދިރާސާގެ ހޯދުންތަކާއި ގުޅޭ ވޯކްޝޮޕެއް ބާއްވައިފިއެވެ.
މިއީ ނޭޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓްގެ ނަމުގައި ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް ޕްރޮޖެކްޓް) ގެ ފަރާތުން ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕްގައި ހިއްސާކުރެވުނު ރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި ކުރިއެރުމަށް އެންމެ މުހިންމު ދާއިރާތަކާއި އެ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމަށް ބޭނުންވާ މިންވަރު ދެނެގަތުމަށް ސެއިލްސް ޕްރޮޖެކްޓްގެ ފަރާތުން ކުރެވިފައިވާ ދިރާސާގެ މުހިންމު ހޯދުންތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައިފައެވެ.
މީގެއިތުރުން މި ހޯދުންތަކުގެ އަލީގައި ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަތީ ތައުލީމުގެ ދާއިރާގައި މަސައްކަތްކުރަމުންދާ އެކި ފަރާތްތަކާއި އެކުގައި ވަނީ މަޝްވަރާކުރެވިފައެވެ.
"ނޭޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް"ގެ ހޯދުންތަކާއި ގުޅޭގޮތަށް މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ވޯކްޝޮޕްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު އާއި އެ މިނިސްޓްރީގެ އެހެނިހެން އިސްބޭފުޅުންނާއި މަތީ ތަޢުލީމު ފޯރުކޮއްދޭ އެކި މަރުކަޒުތަކުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
"ނޭޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް" ގެ އިތުރު މައުލޫމާތު ހިއްސާކުރުމަށް ސެއިލްސް ޕްރޮޖެކްޓްގެ ފަރާތުން ނިންމަވާފައިވަނީ ދިރާސާ ރިޕޯޓާއިއެކުގައެވެ.