ރާއްޖެ

އެސްޓޯނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުއިއްޒު ފޮނުއްވައިފި

އެސްޓޯނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްއަށާއި ބޮޑުވަޒީރު ކްރިސްޓެން މިހަލް އަށް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

 

އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވެސް ޝާމިލުވާގޮތަށް އެސްޓޯނިއާގެ ރައީސް އަލާރް ކާރިސްއަށާއި އެޤައުމުގެ ބޮޑުވަޒީރު ކްރިސްޓެން މިހަލްއަށް ވަކިވަކިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުތަކުގައި، ޖަނަވަރީ މަހު އެސްޓޯނިއާއަށް އެ މަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަނދާންތައް ވަނީ އައުކުރައްވާފައެވެ.

 

މި އަހަރަކީ ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުމަށް ތާރީޚީ ކާމިޔާބީއެއް ލިބުނު އަހަރެއްކަން ފާހަގަކުރައްވާ، އެމަނިކުފާނު ވަނީ ދެ ގައުމުގެ ދޭދޭ ގުޅުމާއި ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމު ގުޅިގެން އެކިއެކި ދާއިރާތަކުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

 

ރައީސް ވަނީ އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްއަށާއި ބޮޑުވަޒީރު ކްރިސްޓެން މިހަލްއަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.

 

އެސްޓޯނިއާގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.


ކޮމެންޓް