ރާއްޖެ

މަތީ ތައުލީމު ކުރިއެރުވުމަށް އައިޔޫއެމް އިން އަވިސޭނާ އެކަޑަމީ އާއެކު މަޝްވަރާކޮށްފި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އާއި އަވިސެނާ އެކަޑަމީ މެލޭޝިޔާއާއި ދެމެދު ގުޅިގެން ކުރިވެންހުރި މަސައްކަތްތަކާއި މެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

 

މި ބައްދަލުވުމުގައި އައިޔޫއެމް އަދި މެލޭޝިޔާގެ އަވިސެނާ އެކަޑަމީ އިން ގުޅިގެން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

 

އެގޮތުން ސެޓްފިކެޓް ލެވެލް އަދި ޑިޕްލޮމާ ލެވެލްގެ ހިޖާމާ ތެރަޕީ ޕްރޮގްރާމްތައް ހިންގުމާއި ގުޅިގެން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

 

އައިޔޫއެމްގެ އަމާޒަކީ މިފަދަ ބައްދަލުވުންތަކުގެ އެހީގައި ތަޖުރިބާކާރު އެކި މުވައްސަސާތަކާއި ގުޅުން ބަދަހިކުރުމެވެ. އަދި ރާއްޖޭގެ މަތީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް، ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމެވެ.

 

 

ކޮމެންޓް