ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ގަޔާނާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މި މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ވަނީ އެގައުމުގެ ރައީސް ހިޒް އެކްސެލެންސީ މުޙައްމަދު އިރުފާން ޢަލީ އަށާއި، އެ ޤައުމުގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ މާކް ފިލިޕްސްއަށް ވަކިވަކިން މެސެޖު ފޮނުއްވާފައެވެ. އަދި އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
އެ މެސެޖުތަކުގައި ރައީސް ވަނީ އެ ބޭފުޅުންނަށް ފުރިހަމަ ސިއްހަތަކާއި އުފާފާގަތިކަން މިންވަރުކުރެއްވުމަށާއި ގަޔާނާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.
ގަޔާނާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ، 1970 ވަނަ އަހަރު، އެގައުމު ޖުމްހޫރިއްޔަތަކަށް ބަދަލުވުން އިހްތިފާލުކުރުމަށެވެ.