ކާރެއް ކޮންޓްރޯލު ނުވެ، ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ދިވެހި ފުލުހުްނެގ ހިދުމަތުން ވިދާޅުވީ މިއީ އަމީނީ މަގު ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓެއް ކަމަށެވެ.
މި ހާދިސާގައި އެތަނުގައި ޕާކްކޮށްފައި ހުރި އުޅަނދުތަކަކަށް ގެއްލުން ލިބިފައިވާކަމަށާއި މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 7:50 އެހާކަންހާއިރު ކަމަށް ވެސް ވިދާޅުވެއެވެ.
ބައެއް މަސްދަރުތަކުން ހާމަކުރާގޮތުގައި އަދި މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި މި އެކްސިޑެންޓުގައި ކާރު ކޮންޓްރޯލުން ނެއްޓިގެން ދިޔަ ވަގުތު، އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި 6 ސައިކަލެއްގައި ވަނީ ޖެހިފައެވެ. އަދި ކާރަށާއި ސައިކަލުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެހެންނަމަވެސް އުޅަނދުތަކަށް ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. އަދި އެއްވެސް މީހަކަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބުނުކަމެއްވެސް ހާމައެއް ނުކުރައްވައެވެ.
ފުލުހުން ގެންދަވަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.