ޕިއަރ އެޑިއުކޭޓަރ" ނަމުގައި ބޭއްވި ތަމްރީނު ޕްރޮގްރާމު ނިމި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދިޔައީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެންނެވެ.
ސޯޝަލް ސެންޓަރުގައި މިމަހު 16 ވަނަ ދުވަހު ފެށި މި ތަމްރީނު ޕްރޮގުރާމު ފުރިހަމަކުރި 28 ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
މިއީ ޒުވާނުންނަށް އެމީހުންގެ މުޖުތަމައުގެ ތެރޭގައި ހުރި މައިގަނޑު ނަފްސާނީ އަދި އިޖްތިމާއީ މައްސަލަތަކަށް އަމާޒުކޮށްގެން ހަރަކާތްތައް ފަރުމާކޮށް ތަންފީޒުކުރުމަށް ބޭނުންވާ މައުލޫމާތާއި، ހުނަރުތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަގްސަދުގައި ހިންގި ޕްރޮގްރާމެކެވެ.